މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހޮޅިދަނޑިއަކުން ޖެހި އަންހެނަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ރޯޝަނީ ގޯޅިގައި ހަދަމުންދާ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި އަންހެނަކަށް އަނިޔާވެގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 19:29 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފއިވާ ކަމަށެވެ.

އަދި މި ހާދިސާގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި މި ހާދިސާގައި ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ހަދަމުންދާ އިމާރާތުގެ މަތިން ބަރު ތަކެތި ވެއްޓި ބައެއް މީހުންނަށް އެކި އަނިޔާވެފައިވާއިރު އަނެއް ބައި މީހުންގެ ފުރާނަވެސް ގޮސްފައި ވެއެވެ.