ކުވައިތުގެ އަމީރު އައްޝައިހް ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހްގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު ކުރަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނު މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު ނަމާދުގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ކުވެއިތްގެ އަމީރު ޝެއިހް ނަވާފް އަލް އަހްމަދު އަލް ޖަބެރް އަލް ސަބާހް އިއްޔެ އަވަހާރަވެފައި ވާއިރު، އުމުރުފުޅަކީ 86 އަހަރެވެ. އަމީރު އަވަހާރަ ވެފައިވަނީ އާލާސްކަންފުޅުއްވާ އުޅުއްވުމަށްފަހު ކަމަށް ބައެއް ބޭރުގެ މީޑިއާ ތަކުން ރިޕޯޓު ކުރެއެވެ.

ޝެއިހް ނަވާފު އަލް އަހުމަދު އަލް ސަބާހް ކުވައިތުގެ ތަހުތަށް އިސްކުރެވުނީ ސެޕްޓެމްބަރު 29، 2020 ގަ އެވެ. އެމިރް ވެރިކަމާ ހަވާލުވެ ވަޑައިގަތީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝެއިހް ސަބާހު އަލް އަހުމަދު އަލްޖަބްރު އަލް ސަބާހު އުމުރުން 91 އަހަރުގައި އަވަހާރަވުމާ ގުޅިގެންނެވެ.

ކުވެއިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން 3 ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި އެމަނިކުފާނު ވަނީ އަމީރު އަވާހަރަވުމުގެ ހިތާމައިގައި ތައުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.