ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލް ގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް ހުޅުވައިފިއެވެ.
ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވި މި ދެ އައުޓްލެޓަކީ އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސް ހޯސްޓް، އިން ހުޅުވި ދެ އައުޓްލެޓެވެ.
މި ދެ ގްރޭޕްގެ ތެރެއިން އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއްކަމަށްވާ "ދަ ގްރޭޕް" އެވެ. އަދި އެޗްއެމްއެސް ހޯސްޓް މޯލްޑިވްސް އިން މިއަދު ރަސްމީކޮށް ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ.
މި ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއާ ޕޯޓުގައި ރެސްޓޯރަންޓް ހިނަގަމުން އަންނަ ދެކުންފުންޏެވެ. މިއައުޓްލެޓްތައް ހުޅުވާ ދެއްވީ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ، އާމިރު މަންސޫރު އަދި އެޗްއެމްއެސް ހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ.
އެެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ވީއައިއޭ އިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި މިއަދު ހުޅުވި ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަނގަޅު ހިދުމަތެއް ލިބިގެންދާނެކަމަށް ޔަގީން ކުރައްވާ ކަމަށް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވަނީ ވިދާޅުވެފައެވެ.