ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އިތުރު 13 ބޭފުޅުން އައްޔަން ކުރައްވައިފިއެވެ

އެ މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފައި ވަނީ އެ ކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުން:

  1. މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް - ޝެރީނާ އަބްދުއްސަމަދު، ސ. މަރަދޫ، ސަނީޑޭލް
  2. މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ
  3. މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން - އާއިޝަތު ސަފޫރާ، ސ. ފޭދޫ، އީރާނުގެ
  4. މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް - މުހައްމަދު ޒަހީން، ހއ. ކެލާ، އުފަންވެލި
  5. މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ
  6. މިނިސްޓާ އޮފް ސްޓޭޓް ފޯ ޓޫރިޒަމް - އަހްމަދު ނާޒިމް މުހައްމަދު، ގއ. ދެއްވަދޫ، ނާރެސް
  7. މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް - އަބްދުﷲ ސައުދާން، މ. ޕެޓީބާޑް
  8. މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - މަރްޔަމް އަޒުރާ އަހްމަދު، މ. ހުކުރަދިގެ
  9. މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އަހްމަދު އާތިފް، އއ. ފެރިދޫ، ޝަބްނަމްގެ
  10. މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ
  11. މިނިސްޓާ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - އިބްރާހީމް މިމްރާހް، ރ. އިންނަމާދޫ، ސީތާ
  12. މިނިސްޓަރ އޮފް ސްޓޭޓް ފޯ ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - އަބްދުއްލަތީފް އަހްމަދު، ދަފްތަރު. ނަންބަރު ރސ 2345.
  13. މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް - މުހައްމަދު މާހިރު، ގ.ގާކޮށި ފްލެޓް ބީ110

ސަރުކާރުގެ މިނިސްޓްރީ ތަކަށް މިއަދު އައްޔަން ކުރެއްވި 13 ބޭފުޅުންނާއެކު މިހާތަނަށް އައްޔަނު ކުރެއްވި ސްޓޭޓް މިނިސްޓަރުންގެ އަދަދު 65 އަށް އެރީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަގާމަށް މުހައްމަދު ޝަހީބު، އައްޔަންކުރައްވައި ރައީސް ވަނީ ޝަހީބްއަށް ވެސް މަގާމުގެ ފަތްކޮޅު މިއަދު ދެއްވާފިއެވެ.