މިރޭ 11 ގެ ފަހުން މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މިރޭ ފެނުގެ ހިދުމަތް ކެނޑޭނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

މި ހިދުމަތް ކެނޑޭނީ މާލޭގެ ބައެއް ގެ ތަކުން ކަމަށް ވާ އިރު، ސީދާ ކޮން ސަރަހައްދުތަކެއް ކަން އެމްޑަބްލިއުއެސްސީން ހާމައެއް ނުކުރެއެވެ.

މިރޭގެ އެ ވަގުތުގައި މާލޭގައި ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.