ރެހެންދި ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑޮކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރަމުގެ މަސައްކަތް އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާބަންކޯ އިން ބުނީ ރެހެންދީ ސްކޫލްގެ އެދުމުގެ މަތިން ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑޮކޮށްގެން ތިބޭ ސަރަހައްދު ހިޔާކުރަމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އާބަންކޯ އިން ބުނީ މިގޮތުން ގާއިމު ކުރެވޭ ކެނޮޕީގެ ބޭނުމަކީ ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް މޫސުން ގޯސްވާ ދުވަސްތަކުގައި ހޫނު ގަދަ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.

އާބަންކޯގެ ފަރާތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެކި އޮފީސް އަދި ސަރުކާރު ވުޒާރާތަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އަބަދުވެސް ދަނީ އެ ކޯޕަރޭޝަންގެ ސީއެސްއާރްގެ ދަށުން ކުރަމުންނެވެ. އާބަންކޯ އިން ބުނީ މިފަދަ ކަންކަން ކުރުމުގައި ހުޅުމާލޭގައި ހުންނަ ސްކޫލުތަކަށް އަބަދުވެސް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށެވެ.

އާބަންކޯއަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. އަދި އެ ކޯޕަރޭޝަނުން ދެމުންގެންދާ ހިދުމަތްތަކުގެ އިތުރުން، ހުޅުމާލޭގައި ގާއިމު ކުރެވިފައިވާ ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ ވިޔަފާރިތަކަށް ވެސް ހުރި އުނދަގޫތައް ބަލާ، ހައްލު ހޯދައިދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން ގެންދާ ކުންފުންޏެވެ.