ސަރުކާރުގެ 21 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސައި، މިއަދުން ފެށިގެން އެ ބޭފުޅުން އޮފީހަށް ނުކުންނަވަން ފަށްޓަވައިފިއެވެ.

އެސްއޯއީތަކުން ގެންދަނީ އެ ކުންފުނިތަކުގެ ސޯޝަލް މީޑިއާގެ ހޭންޑަލްތަކުގައި އާ އެމްޑީންނަށް މަރުހަބާ ކިޔަމުންނެވެ. އަދި ބައެއް ބޭފުޅުން ވަނީ އެ ބޭފުޅުންގެ އަމިއްލަ ހޭންޑަލްގައި ވެސް މިކަން ކަށަވަރުކޮށްދެއްވައިފައެވެ.

މިހާތަނަށް އާ އެމްޑީން އައްޔަނުކުރި ކުންފުނިތަކަކީ:

  1. އެސްޓީއޯ - ޝިމާދު އިބްރާހީމް (ކުރީގެ ބޯޑު މެންބަރު)
  2. ސްޓެލްކޯ - ހުސައިން ފަހުމީ (ކުރީގެ ޖެނެރަލް މެނޭޖަރު)
  3. ޕީއެސްއެމް - ޒީނާ ޒާހިރު (ބްރޯޑްކޮމްގެ ކުރީގެ މެންބަރު)
  4. އާބަންކޯ - އިބްރާހީމް ފަޒުލް ރަޝީދު (ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު)
  5. އާސަންދަ - އައިމިނަތު ޒީނިޔާ (ކުރީގެ ޖެނެރަލް މެނޭޖަރު)
  6. އެސްޑީއެފްސީ - ފާތިމަތު ތައުފީގް
  7. އެފްޑީސީ - ހަމްދާން ޝަކީލް
  8. ފެނަކަ - މުއާޒު މުހައްމަދު ރަޝީދު (މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު)
  9. އެމްއޭސީއެލް - އިބްރާހީމް ޝަރީފް (ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު)
  10. އެމްޕީއެލް - މުހައްމަދު ވަޖީހު އިބްރާހީމް
  11. މޯލްޑިވް ގޭސް - އަބްދުﷲ މުހައްމަދު
  12. އެމްޓީސީސީ - ޒިޔާދު ލަތީފް
  13. އެމްޑަބްލިއުއެސްސީ - އަބްދުލްމަތީން މުހައްމަދު
  14. އެމްއެމްޕީއާރުސީ - އައިޝަތު ސުހައިލާ (ކޮކޯ ކަލެކްޝަންގެ ކުރީގެ ސޭލްސް ޑިރެކްޓަރު)
  15. ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން - އަހްމަދު ނާޒިމް (އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު)
  16. ރީޖަނަލް އެއާޕޯޓްސް - އަހްމަދު މުބީން (ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު)
  17. މިފްކޯ - އަހްމަދު ޝަމާހު ރަޝީދު (މާލޭގެ ކުރީގެ ކައުންސިލަރު)
  18. ވެމްކޯ - މުޖުތަބާ ޖަލީލް (މާލެ ކައުންސިލްގެ ކުރީގެ އެސްޖީ އަދި އެންސްޕާގެ ކުރީގެ ސީއީއޯ)
  19. ހައްޖު ކޯޕަރޭޝަން - މުހައްމަދު ޝަކީލް
  20. އެފްއެސްއެމް - އިސްމާއީލް ޝުހައިލް
  21. އާރުޑީސީ - އަލީ ޒުހައިރު (ކުރީގެ ބްރިގޭޑިއާ ޖެނެރަލް)

އަލަށް އައްޔަނުކުރާ މެނޭޖިން ޑިރެކްޓަރުންގެ ތެރޭގައި، ޕީޕީއެމް ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅުންނާއި، ކުރީގެ މަޖިލިސް މެންބަރުންނާއި ކުރީގެ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން މުޅިން އާ މޫނުތަކެއް ވެސް ހިމެނެއެވެ.