ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކޮށްލައްވާއި އުފައްދަވާ އާ ޕާޓީގެ ހުއްދައަށް އާދީއްތަ ދުވަހު، އިލެކްޝަން ކޮމިޝަންގައި އެދިވަޑައިގަންނަވާވާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު ވިދާޅުވީ، އާދީއްތަ ދުވަހު ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދުމަށް މަސައްކަތް މިހާރު ބާރަށް ކުރިއަށް ދާ ކަމަށެވެ.
ޕާޓީގެ ނަމާއި ލޯގޯ ފައިނަލްކޮށް، އަސާސީ ގަވައިދުގެ ޑްރާޕްޓް މިހާރު ނިންމާފައި ވާ ކަމަށާއި ހުރިހާ ބޭފުޅުން [ޕީޕީއެމްގެ މެންބަރުން] ވަރަށް ގާތުން މިކަން ބަލައި އާ ޕާޓީއާއި ގުޅުމަށް ތައްޔާރު ވުމަށް ޔާމީން އެދިވަޑައިގެންފައި ވާ ކަމަށް މަލީހު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް އިއުލާން ކުރެއްވީ، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭގެ ވަގުތެއްގައެވެ.
ޖަމީލް އެކަން އިއުލާން ކުރައްވައި ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ދާއިރު ޕީޕީއެމް ޕީއެންސީގެ ލީޑަރުން މިހާރު ވަޑައި ނުގަނަންވާ ކަމަށާއި، އެ ބޭފުޅުން ގެންދަވަނީ ޕޯޑިއަމްތަކުގައި ވެސް ރައީސް ޔާމީނާ ދެކޮޅަށް ވާހަކަ ދައްކަވަމުން ކަމަށެވެ.
ރައީސް ޔާމީންގެ ލަފާއާ އެކުގައި މަސައްކަތްތައް ކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ލީޑަރުން ވިދާޅުވެފައި ވިޔަސް އެކަން އެގޮތަށް މިހާރު ނުހިނގާ ކަމަށާއި ރައީސް ޔާމީން ގުޅުއްވިޔަސް އެއިން ބޭފުޅަކު ފޯނަށް ޖަވާބުވެސް ނުދެއްވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަންނަ މަޖިލިސް އިންތިހާބަކީ މުހިއްމު އިންތިހާބެއް ކަން ފާދަ ކުރައްވައި އެ އިންތިހާބަށް ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ޕީޕީއެމް އޮތީ ހައިޖެކް ކޮށްފައި [ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން] ކަމަށް އޭނާ ވިދާޅުވިއެވެ.
ތިޔައީ ޖަމީލް ބެއްޔާމެންގެ ގުއިރޯނުގައި ޖެހިގެން، ހަދާ ގޯހެއް. ތިޔަކަން ހުއްޓާލާ. ތިޔަޕާޓީ ހަމަ ހަދާއިރަށް ދިޔަދޮތްވަކުން ފެން ފައިބައިގަންނަ ހެން. ޕީޕީއެމް ގައި ތިބިހާ ބަޔަކު ތިޔަ ޕާޓީއަކަށް ނުދާނެ. އަންނި ދަ ޑިމޮކްރެޓިކް އުފެއްދީމާ އެމްޑީޕީގައި ތިބި މަދު މީހަކު ނޫނީ އެ ޕާޓީ އަކަށް ބަދަލެއް ނުވޭ. ވީމާ މެންބަރުން ގިނަ ފުރިހަމަ ޕާޓީއެއް ދޫކޮށް ނުލުން ބުއްދިވެރި.
ރައީސް ޔާމީން ޒިންދާބާދު 2028