2022 ވަނަ އަހަރު އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ އިތުރުން އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.

މީރާއިން އާންމުކުރި ލިސްޓުގައި މާލެ، ވިލިމާލެ އަދި ހުޅުމާލެއާއި ރަށްރަށުގެ އިތުރުން ރިސޯޓުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން، އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތައް ވެއެވެ.

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 748 ފަރާތެއްގެ ނަން އިއުލާން ކޮށްފައިވާއިރު އިންކަމް ޓެކްސް ނުދައްކާ 21 ފަރާތެއްގެ ނަންވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ދޭތެރެ ދޭތެރެއިން މީރާއިން ދަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ އިތުރުން ޓެކްސް ބަޔާން ހުށަ ނާޅާ ފަރާތްތަކުގެ ނަންތައް އާންމު ކުރަމުންނެވެ. މީގެ އިތުރުންވެސް ދައުލަތަށް ދައްކަން ޖެހޭ އެހެނިހެން ފައިސާ އާއި ޓެކްސް ނުދައްކާ ތިބި ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ ގޮތުން، އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.