ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެ ވަޑައިގެންނެވި ފަހުން ނިމިދިޔަ ސަރުކާރުން ދިން ފްލެޓާއި އަދި ބިމަށް މި ސަރުކާރުން އިހުތިރާމު ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ވިދާޅުވީ، މުއިއްޒު ހޮވިވަޑައިގަތުމާއެކު، ބިމާއި ފްލެޓް ދޫކުރުން މަޑުޖައްސާލަން އެމަނިކުފާނު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް އެގޮތަށް އަމަލު ނުކޮށް ފްލެޓާއި ބިންތައް ދޫކުރަމުން ގެންދިޔުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު [އޭރު އިންތިހާބީ ރައީސް] އަށް އިހުތިރާމް ނުކުރުން ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.
އެހެން ކަމުން، މުއިއްޒު ހޮވިވަޑައިގެންނެވި ފަހުން ދޫކުރި ފްލެޓާއި ބިމަށް މި ސަރުކާރުންވެސް އިހުތިރާމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރަޖިސްޓްރީ ދީ އެއްބަސްވުމުގައި ސޮއި ކޮށްފައި ހުރި ބައެއް ތަންތަނަކީ ހިއްކާފައި އޮތް ބިމަކުން ދީފައިވާ ތަންތަން ނޫން ކަމަށާއި އެހެން ކަމުން ގާނޫނީ ގޮތުން އެކަމުގައި އޮންނަ ގޮތްވެސް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިތުރަށް އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުން ދޫކުރި ފްލެޓްތަކާ ބެހޭ ގޮތުން ގިނަ ޝަކުވާތައް މިނިސްޓްރީ އަށް ލިބިފައި ވާ ކަމަށާއި އެކަމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެންގުންތަކެއް އަންގާފައި ވާ ކަމަށެވެ.
އެހެން ކަމުން މިހާރު ނިންމާފައި ވަނީ އެ ކަންކަން ބަލައި ރިވިއުކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ބިންތަކާއި ފްލެޓްތައް ދޫކުރި އިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދެމެދު ގިނަ އަދަދެއްގެ ފްލެޓާއި ބިން ދޫކުރި ކަމަށާއި އެތަންތަން ދީފައިވަނީ ހައްގުވެރިންނަށްތޯ ބަލާނެ ކަމަށް ވެސް ވަނި ވިދާޅުވެފައެވެ.
ސުވާލުކުރިމީހާއަށްވެސް ޖަވާބު ދިންމީހަކަށްވެސް އަޑުއަހަންތިބިމީހުންނަށްވެސް ވާއެއް ނުވާއެއް ނޭނގުނު. އިންތިހާބުގެ ފުރަތަމަބުރާ ދެވަނަބުރާދެމެދު ދޫކުރީ ދެވަނަ ސްކީމް ގޯތިތަކާ ފުލެޓްގެ ވާހަކަހެން މަށަށްހީވީ. އިންތިހާބުގެ ކުރިން ދޫކުރި ގޯއްޗާ ފުލެޓްއަތުނުލާ ދޭނަމޭ. މިނިސްޓަރަށް ދޫކުރިއޭ ބުނެވެނީ އިއުލާންކުރިއޭ ބުނަންވެގެންހެން ބޮޑަށް ހީވަނީ.
ގަދަބަސް ނުބުނޭ. އަދިވެސް އެބައޮތް އިންތިޚާބް މާރޗްގަ.
ތިހެން ވަންޏާ ރާއްޖޭގަ ދީފަހުރި ހުރިހާ ތަނެއް ނަގަންވާނެ ހުރިހާ ފުލެޓެއްވެސް ދީފަ ހުރިހާ ސަރުކާރަކުން ވެސް ހައްގުވެރިންނާ ނުހައްގު ވެރިންނަށް. ދެމެފިރިންނަށްވެސް ޔާމީނު ދީފަ އަދިވެސް އެނުނަގާ އެމީހުން އަތުން.
ތިހިން ހެދިއްޔާ ވޯޓު ހޯދަން ދެން ނާންނާތި.