ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވައި ފަތްކޮޅު އެރުވި ބޭފުޅުންނަކީ:-

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިގްބާލް އާދަމް
  • މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފް

މި ރަސްމިއްޔާތުގައި ޔުނިވާސިޓީގެ އިސް މަގާމުތަކަށްވެސް ވަނީ ބޭފުޅުން އައްޔަންކުރައްވާފައެވެ. މިގޮތުން އައްޔަންކުރެއްވި ބޭފުޅުންނަކީ:-

  • ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް، މާފަންނު ލައިޓްކޯނަރ-4 ޑޮކްޓަރު މަހްމޫދު ޝައުގީ
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރު އާއިޝަތު ޝެހެނާޒު އާދަމް
  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމަށް، މާފަންނު ހިތިމާގެ ޑޮކްޓަރު އަލީ ޒާހިރު އެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރެއްވި ބޭފުޅުންނަކީ:-

  • ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ތިލަދުންމަތީ އުތުރުބުރި ވަށަފަރު ބްލޫހައުސް މުހައްމަދު ވަހީދު ހަސަން
  • ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަރު އޮފް ސްޓޭޓް ފޮ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ ޑޮކްޓަރު މުހައްމަދު ކިނާނަތު
  • ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގަލޮޅު ލިޓޯނިޔާ މުހައްމަދު ޝަމްއާން ވަހީދު