ރާއްޖޭގައި މަޝްރޫއުތައް ހިންގުމަށް ވެފައިވާ އެއްބަސްވުންތައް ނުލައި އިންޑިއާއެކު މިދިޔަ ސަރުކާރުން 108 އެއްބަސްވުމެއް ހަދާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ބޭއްވި ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ، ރައީސުލްޖުމހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފަށަފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރު އިންޑީއާއެކު ވެފައިވާ އެއްބަސްވުންތައް ބަލަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިހާތަނަށް އެއްކުރި މައުލޫމާތުން ހަމައެކަނި އިންޑިއާއެކު ޕައިލެޓްރަލް އެއްބަސްވުމުގެ ގޮތުގައި ވޭތުވެދިޔަ 5 އަހަރު ތެރޭގައި 100 އަށް ވުރެ ގިނަ އެއްބަސްވުން ވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިއީ އަދި ޕްރޮޖެކްޓްތައް ހިންގަން ވެފައިވާ އެއްބަސްވުންތައް ނުލާ ފާހަގަ ވެފައިވާ އެއްބަސވްުންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސީދާ އެއްބަސްވުމުގެ އަދަދު ހާމަ ކުރެއްވީ އެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް ވަކިން ދިން ޖަވާބުގެ ތެރެއިންނެވެ. އެ ގޮތުން ޖުމްލަ 108 އެއްބަސްވުން ހިމެނޭ ކަމަށް ފިރްޒުލް ވިދާޅުވިއެވެ.
އެގތޮުން މި އެއްބަސްވުންތައް ބަލައި އޭގައި ހުރި މާއްދާތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށާއި ސިޔާދަތަށް ނުރައްކާވާ ކަންކަން ފާހަގަ ކުރެވުމުން އެކަން ނޫސްވެރިންނާ އަދި ފަހުން ހިއްސާ ކުރައްވާނެ ކަމަށް ވެސް ފިރްޒުލް ވިދާޅުވިއެވެ.
ޞޯލިޙަށް ރައްޔިތުންނަށް ޓަކައި ކަންތައްތަކެއް ކޮށްދެވިފައި ނެތަސް، ގައިމުވެސް އެއްބަސްވުން ހެދުމުން ތިއޮތީ ރެކޯޑެއް ހަދާފަ.