35 އަހަރުގެ ހިދުމަތަށްފަހު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރިޓަޔާ ކުރައްވައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޑިސެންބަރު، 2018 ގައި ޝަމާލް އެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވާފައިވަނީ އިއްޔެއެވެ.
ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މޭޖަ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ.
އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގައެވެ.
ޝަމާލް ރިޓަޔާ ކުރެއްވިއިރު ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ރިޓަޔާ ކުރައްވާފައެވެ.