ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ހާލަތާއި، ދާދިފަހުން ކުރިމަތިވި ހީނަރުކަމުން ގައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ސްރީލަންކާގެ އިގްތިސޯދު ފުޅާކުރުމަށް އެ ގައުމުގެ މިހާރުގެ އަދި މުސްތަގްބަލުގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.

ސްރީލަންކާގެ ރައީސް ވަނީ މި ދަނޑިވަޅުގައި ރާއްޖެއިން ވެދޭ އެހީތެރިކަމާއި ދޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެގައުމުގެ ފަރާތުން ހެޔޮއެދުމާއި ފާގަތި ދުވަސްތަކަށް އެދެމުންނެވެ.

ރަނިލް ރާއްޖެއަށް ވަޑައިގެންފައި މިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.