އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން 50 އިންޗީގެ ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަން މިރޭ 12ގައި ހަމަވާނެއެވެ.

އެލައިޑުން މިދުރުސަތު ހުޅުވާލީ މިދިޔަ މަހު 27 ވަނަ ދުވަހުއެވެ.

އެލައިޑުން ބުނީ، އަޔާދީ ހޯމް ކޮންޓެންޓް ޕްލޭންގެ ދަށުން ތިން ޕްލޭނެއް އެކުލަވާލާފައި ވާ ކަމަށެވެ. އޭގެ ތެރޭގައި އެ މީހަކު ބޭނުންވާ ގޮތަކަށް ފަރުމާ ކުރެވޭ 'ހޯމް ކޮންޓެންޓް ތަކާފުލް' ޕްލޭނާއި ހިޔާ ފްލެޓުތަކުގައި އުޅޭ ފަރާތްތަކަށް އަމާޒު ކޮށްފައިވާ 'އަހަރެންގެ ހިޔާ' ޕްލޭން އަދި ހިޔާވަހިއެވެ. ހިޔާވަހި ޕްލޭނަކީ ސެޓް ހޯމް ކޮންޓެންޓް ޕެކޭޖެކެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެލައިޑްގެ މޯބައިލް އެޕް ނުވަތަ ވެބްސައިޓް، މެދުވެރިކޮށް ހޯމް ކޮންޓެންޓް ޕްލޭނެއް ނަގަން ޖެހޭނެއެވެ.

އަދި ހަމައެހެންމެ އެލައިޑްގެ ފޭސްބުކް ޕޭޖުގައިވާ ޕްރޮމޯޝަންގެ ޕޯސްޓަރު ޕަބްލިކް ސެޓިންގައި ހިއްސާކުރަންޖެހޭނެ ކަމަށް އެލައިޑުން މައުލޫމާތު ދިނެވެ. އެ ޕޯސްޓް ހިއްސާކުރާއިރު އެލައިޑްގެ ފޭސްބުކް ޕޭޖާއި އަޔާދީ ތަކާފުލްގެ ފޭސްބުކް ޕޭޖު ޓެގު ކުރަންޖެހެއެވެ.