ކޮލިޓީގެ މައްސަލަތަކެއް ފާހަގަ ކުރެވި، ކުޑަކުދިންނަށްދޭ ދިޔާ ބޭހެއް ކަމަށްވާ ޕެރެސެޓެމޯލް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

ކޮލިޓީގެ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ ޕެރެސެޓެމޯލް، ކެލްޕޯލް ޕީޑިއެޓްރިކް ޑްރޮޕްސް (100mg/ml)ގެއެވެ.

ބޭހާ ގުޅޭ އިތުރު މައުލޫމާތު/ ފޮޓޯ:އެމްއެފްޑީއޭ

އެމްއެފްޑީއޭއިން ބުނީ ރާއްޖޭގެ މާކެޓުގައި މިވަގުތު ހުރި ކުޑަކުދިންނަށްދޭ ޕެރެސެޓެމޯލް ބޭހުގެ ކޮލިޓީ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަލާއިރު ބޭހުގެ ކުލަ ބަދަލުވެ އަދި ބޭސް ގަނޑުވެފައިހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާތީ، އެ ބޭސް ރާއްޖެ އެތެރެ ކުރުން، ވިއްކުން އަދި ބޭނުން ކުރުން މިހާރު ވަނީ މަނާ ކުރެވިފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.