ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ހަތަރު ވަނަ ޖެނެރޭޝަން ފަށައި އެޕިސޯޑުތައް ދައްކަން ފަށައިފިއެވެ.
2012 ވަނަ އަަހަރު ފެށި މި ޑްރާމާގެ އޭރު ލީޑު ތަރިއަކީ ހީނާ ހާން (އަކްޝަރާ) އެވެ. އޭގެ ފަހުން އޭނާގެ ދަރިފުޅު ޝިވާންގީ ޖޯޝީ (ނައިރާ) ލީޑު ރޯލުން ފެނިގެންދިޔައިރު ނައިރާގެ ދަރިފުޅު ޕްރަނާލީ (އަކްޝަރާ) ލީޑު ރޯލުން ފެނިގެން ދިޔައެވެ. އިއްޔެ މި ޑްރާމާގެ ހަތަރުވަނަ ޖެނެރޭޝަން ފެށީ އަކްޝަރާ ގެ އަންހެން ދަރިފުޅު ސަމްރިދީ ޝުކްލާ (އަބީރާ) އެވެ. ޑްރާމާގެ އާ ޖެނެރޭޝަން ފުރަތަމަ އެޕިސޯޑު ފެށިގެންދިޔައީ އަކްޝަރާ އެމީހުންގެ ރިސޯޓަށް ދާ މަންޒަރާއެކުގައެވެ. ދަރިފުޅު އަބީރާ އާއެކު ރިސޯޓުގައި މަސައްކަތްކުރާ އަކްޝަރާ އަކީ މިހާރުވެސް ލޯޔަރެކެވެ. ބޮޑު އާއިލާއެއް އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަން އުޅޭތީ މަސައްކަތް ބުރަކޮށްލައިގެން ދެމައިން އުޅޭ މަންޒަރު ފެނިގެންދިޔައެވެ. މަންމަ އެކޭ އެއްފަދައިން ލޯޔަރަކަށްވުމުގެ ހުވަފެންތައް ދެކެމުން އަންނަ އަބީރާގެ ހަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ ވަރަށް ހަމަޖެހޭ މީހެކެވެ.
މަންމަ ލޯޔަރަކަށްވެގެން އަބަދު ހާސްވެ ތެޅިފޮޮޅޭތީ ވަރަށް ހަމަޖެހޭ "ކާމް" ލޯޔަރެއް ހޯދަން އަބީރާ ބޭނުންވެއެވެ. އަބީރާގެ ޖަވާބަކީ ޝެހެޒާދް ދާމީ (އަރްމާން ޕޮއްޑަރު) އެވެ. ވިސްނުންތެރިކަމާއެކު މަސައްކަތްކުރާ ޒުވާން ލޯޔަރަކީ އެ ސްޓޭޓުގައި ވެސް އެންމެ ނަން މަޝްހޫރު ލޯޔަރެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އަރްމާންގެ އާއިލާ އިން އަރްމާންގެ މާމަގެ އުފަންދުވަސް ފާހަގަކުރުމަށް ރިސޯޓަށް ދާން މަޝްވަރާ ކުރާ މަންޒަރު ދެއްކުމަށްފަހު އެޕިސޯޑު ނިމެއެވެ. މިރޭގެ އެޕިސޯޑުގައި ރިސޯޓް ބުކް ކުރަން އަރްމާން، އަބީރާ އަށް ގުޅާ މަންޒަރު ފެންނާނެއެވެ. އަދި ޕްރަތިޝްކާ (ރޫހީ) އާއި އަރްމާން ދިމާވާ ގޮތް ވެސް މިރޭގެ އެޕިސޯޑުގައި ދައްކާނެއެވެ.