ސްޓާޕްލަސް އިން ގެނެސްދެމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ މިހާރު އޮތް ހިސާބު ވަރަށް ޝައުގުވެރިއެވެ.
އަބީރާ އަށް ފާރަލަމުން އަންނަ ޔުވްރާޖުގެ ހަގީގަތް އަރުމާންއަށް މަޑުމަޑުން ފަޅާއަރައެވެ. ޔުވްރާޖްގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރާ އަރުމާނަށް، ޔުވްރާޖް އަކީ ހަގީގަތުގައި ކޮންކަހަލަ މީހެއްކަން ފަޅާއަރަނީ ޔުވްރާޖުގެ ކޮޓަރިތެރެއިން ފެނުނު ސީޑީތަކުންނެވެ. ކޮންމެ ސީޑީއެއްގައި ތާރީހު ޖަހާ އަބީރާގެ ނަން ލިޔެފައިވާއިރު އެ ސީޑީގައި ވަނީ ހުސްވެސް އަބީރާގެ ވީޑިއޯތަކެވެ.
އޭގެ އަނެއްކޮޅުގައި އިންސާފަށް އެދި ފެންބޮވައިގެންފައިވާ އަބީރާގެ ކޭސްގެ ލޯޔަރަކީ އޭނާގެ މަންމަ އަކްޝަރާ ގޮއެންކާ އެވެ. އަރުމާންގެ ބައްޕަ ބޮޑު ސާޖަރީއެއް ކޮށް ގެއަށް ބަދަލުކުރިއިރު ރޫހީ ގޮއެންކާ ވަނީ އަރުމާންގެ ކޮއްކޮ ރޯހިތު ޕޮއްޑަރު އާ ކައިވެނިކުރަން އާބަސް ބުނެފައެވެ. ރޫހީއަށް ނޭނގޭ ހަގީގަތަކީ ރޯހިތު އަކީ އަރުމާންގެ ކޮއްކޮ ކަމެވެ.
ޑްރާމާގައި ދެން ވާނީ ކިހިނެއް؟
ޔުވްރާޖްގެ ނުފަލާކަން އަރުމާނަށް ފަޅާއަރައި އަބީރާ އަށް ގެއްލުމެއް ކުރިމަތިކުރުވާކަށް އޭނާ ބޭނުމެއްނުވެއެވެ. އަބީރާ އާއި އަރުމާނު އެކުގައި ހުއްޓާ ޔުވްރާޖު އައިސް ގަދަކަމުން އަބީރާ ގެންގޮސް ކައިވެނިކުރަން އުޅުމުން އެކަން ހުއްޓުވަނީ އަރުމާންއެވެ. ނަތީޖާ އަކަށްވީ އަމަލުވެފައި ހުރި ޔުވްރާޖު ބަޑި ނަގާ އަރުމާނަށް ހަމަލާދޭން ސީދާކޮށް ވަޒަން ފޮނުވާލުމެވެ. ނަމަވެސް އަރުމާންގެ ދިފާއުގައި އޭނާ ކުރިމައްޗަށް އަބީރާގެ މަންމަ އަކްޝަރާ އަރައެވެ. އަކްޝަރާ އަކީ އަރުމާންގެ ކުރީގެ ޓީޗަރެކެވެ. ވަޒަން ހެރުމުގެ ސަބަބުން ފަރުވާ ދިން ނަމަވެސް އަކްޝަރާ މަރުވަނީ ހުރި ހަމައެކަނި ދަރިފުޅު އަބީރާގެ ކުރިމަތީގައެވެ. މަރުވަމުން އަރުމާނަށް، އަކްޝަރާ ކުރި ވަސިއްޔަތަކީ އަބީރާ އުފަލުގައި ގެންގުޅުމަށެވެ. އަދި އެކަމަށް އަރުމާން އެއްބަސްވެސްވެއެވެ.
ޑްރާމާގެ ހަގީގީ ވާހަކަ ފެށޭނީ މިހިސާބުންނެވެ. އަބީރާ އާއި އަރުމާން ކައިވެނިކުރުމުގެ ކުރިން އަރުމާން ފުރަތަމަ ލޯބިވި އަންހެން ކުއްޖެއްގެ ވާހަކަ އަބީރާ ގާތު ބުނެއެވެ. އަބަދުވެސް އެ ކުއްޖާދެކެ ލޯބިވާނެ ކަމަށް އަރުމާން އަބީރާ ގާތު ބުނެއެވެ. ގޮތްހުސްވެފައިވާ އަބީރާ އަރުމާން އާ ކައިވެނިކުރެއެވެ.
ސުވާލަކީ އަބީރާ އާއި އަރުމާނުގެ ކައިވެނި ޕޮއްޑަރު އާއިލާ އިން ގަބޫލުކުރާނެބާވައެވެ؟ އަމިއްލަ ކޮއްކޮ އާއި ލޯބިވި އަންހެން ކުއްޖާ ކައިވެނިކުރަން އުޅޭކަމުގެ ހަބަރު ލިބުމުން އަރުމާނަށް ވާނީ ކިހިނެއްބާވައެވެ؟ ކުޑައިރުން ފެށިގެން ވަކީލަކަށްވުމުގެ ހުވަފެންތައް ދުށް އަބީރާ، ޕޮއްޑަރު އާއިލާގެ ޅީދަރިއަކަށްވުމުން އެ ހުވަފެން އޭނާއަށް ކާމިޔާބުވާނެ ބާވައެވެ؟ އަރުމާނަށް އަބީރާ ދެކެ ލޯބިވެވިދާނެބާވައެވެ؟ މިހުރިހާ ސުވާލެއްގެ ޖަވާބު ކުރިއަށް ހުރި އެޕިސޯޑުތަކުގައި ލިބިގެންދާނެއެވެ.
މި ޑްރާމާގެ ހަތަރުވަނަ ޖެނެރޭޝަން ފަށައިގެން ކުރިއަށްދާއިރު މި ޑްރާމާގެ ކާސްޓުންނަކީ ފެށީ އަކްޝަރާ ގެ އަންހެން ދަރިފުޅު ސަމްރިދީ ޝުކްލާ (އަބީރާ)، ޝެހެޒާދް ދާމީ (އަރްމާން ޕޮއްޑަރު) އަދި އަކްޝަރާގެ ކޮއްކޮ އަރޫހީގެ ދަރިފުޅު ޕްރަތިޝްކާ (ރޫހީ) އާއެކުގައެވެ.