އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ އެމަނިކުފާނު މިރޭ ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ނުރަސްމީ ދަތުރުފުޅެއްގައި އާއިލާ އާއެކު ކަމަށެވެ.

އޭގެ އިތުރުަށް އެއްވެސް ތަފްސީލެއް ފިރުޒުލް ހިއްސާ ކޮށްފައި ނުވާއިރު "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު ފުރާވަޑައިގަންނަވާނީ މިރޭ 23:40 ގައި ފުރާ ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުންނެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑރ. މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.