ހއ. އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓަގައި 3 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް އިހަވަންދޫ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެތަނުން އެކަކު ހާލު ސީރިއަސް ކަމަށް އެ ސެންޓަރުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަކީ ދިވެހިންކަން އަދި ޔަގީނެއް ނުވެއެވެ. އަދި މި ހާދިސާގައި އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ވެސް ސާފެއް ނުވެއެވެ.