މާދަމާ ރޭ 01:14 ގައި ކޭތަނަމާދު ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.
އިސްލާިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މާދަމާ ރޭ ރާއްޖެ ގަޑިން 23:01 އިން ފެށިގެން އެ ރޭގެ 03:26 އާއިއާ ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެ ކަމަށާއި، ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭގެ މެންދަމުން އަލިވެ 1:14 ގައި ކަމަށެވެ.
އެގޮތުން ކޭތަ ނަމާދު ކުރުން އޮންނާނީ މާދަމާ ރޭގެ 01:15 ހާއިރުކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެރަށެއްގެ ކައުންސިލަށް އިސްލާމިކް މިިނިސްޓްރީން ވަނީ އަންގާފައެވެ. އެ މިނިސްޓްރީން ބުނީ، ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓުން މާދަމާ ލިބެން ހުންނާނެ ކަމަށެވެ.
ހަނދު ކޭތަ ހިފަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ. މިއަހަރުގެ މެއި މަހުވެސް ވަނީ ހަނދު ކޭތަ ހިފާފައެވެ.