މާލޭގެ ރެޑްވޭވް ޕްލާޒާ ކައިރީގައި ހުރި މއ. ފޮގެޓް މީ ނޮޓް ގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރެޑްވޭވް ޕްލާޒާ (ޝޭޑީ ކެބިން) ކައިރީގައި ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު 11:40 އެހާއިރުއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.