ކިރޭ މާލެ ގަޑިން 11:40 ހާއިރު އިންޑޮނީޝިއާގެ އައްސޭރި ފަށަށް އައި ބިން ހެލުމުގެ އަސަރު މާލެއަށް ކޮށްފިއެވެ.

'ދަ ޕްރެސް' ގެ ނޫސްވެރިން މަސައްކަތުގައި ތިއްބާ ބިންހެލުމުގެ އަސަރު ވަނީ ކޮށްފައެވެ. ގާތްގަނޑަކަށް 15 ސިކުންތެއްހާ އިރަށް ލޮޅުމުގެ އަސަރު ހުއްޓެވެ.

މި ބިންހެލުމާ ގުޅިގެން މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖެެއަށް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އިންޑޮނީޝިއާގެ އައްސޭރި ފަށުން ނިކޮބާރު އައިލޭންޑްސް އަށް ރިކްޓަ މިންގަނޑުން 6.2 ގެ. ބާރިނުގައި ބިންހެލުން އައެވެ.

އެއީ މާލެއާ 2215 ކިލޯމީޓަރު ދުރު ނަމަވެސް ބިންހެލުމުގެ ލޮޅުން ދަތުރުކޮށްފައި ވަނީ ރާއްޖޭގެ ސަރަހައްދުންނެވެ.