ރަޝިއާއިން ޔޫކްރައިން އަށް އަރާ ފެށި ހަނގުރާމަ އާ ގުޅިގެން، ބާގާ ކިންގް ފަދަ ފްރެންޗައިސްތައް ރަޝިއާއިން ބޭރުކުރަން ހުޅަނގުން ޕްރެޝާ ކުރި ނަމަވެސް ބާގާ ކިންގް އަދިވެސް ހުޅުވާކަމަށް ހަބަރުތައް ބުނެފިއެވެ.

ރަޝިއާގެ ފާސްޓްފްޑްގެ 80 ޕަސެންޓް ހިއްސާ ކުރާ ބާގާ ކިންގްގެ 800 ރެސްޓޯރަންޓް ރަޝިއާގެ އެތަން މިތާނގައި ހުރެއެވެ. ރަޝިއާގެ އިތުރު 3 ޕާޓްނަރުންނާއެކު ހިންގާ ފްރެންޗައިސްގެ މައި ކުންފުނި، ރެސްޓޯރަންޓް ބްރޭންޑްސް އިންޓަނޭޝަނަލް (އާރުބީއައި) އިން ބުނީ، ރަޝިއާގެ ފިޔަފާރި ހުއްޓާލާކަން މިދިޔަ އަހަރުގެ މާޗު މަހު އިއުލާން ކުރި ނަމަވެސް ރަޝިއާގެ އިތުރު ކުންފުނިތަކާއެކު ހަދާފައިވާ ފްރެންޗައިސް އެގްރީމަންޓުން ނުކުތުމުގައި ގޮންޖެހުންތައް ކުރިމަތިވެފައި ވާ ކަމަށެވެ.

އާރުބީއައި ގެ ރައީސް ޑޭވިޑް ޝެއަ ބުނީ، ހަނގުރާމަ އާ ގުޅިގެން ބާގާ ކިންގް ގެ ވިޔަފާރި ހުއްޓާލުމަށް މައި ކުންފުނިން ނިންމި ނަމަވެސް އެ ވިޔަފާރި ރަޝިއާގައި ހިންގާ މައި ކުންފުނިން އެކަން ކުރަން ދެކޮޅު ހަދާފައި ވާ ކަމަށެވެ.

ނަމަވެސް އެ ކުންފުންޏަށް އޮންނަ 15 ޕަސެންޓްގެ ޝެއާ ނަގުމުގެ ކަންކަން ކުރިއަށް ދާކަމަށް ވެސް ބުނެފައި ވެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ، ފްރެންޗައިން އެގްރީމަންޓު ދައްކަނީ، ހުޅަނގުގެ ޕްރެޝަރާއެކު ވެސް ވިޔަފާރި ދެމެހެއްޓުމުގެ ބޭނުމުގައި "ސްމޯކް ސްކްރީނެއް" ގެ ގޮތުގައި ކަމަށެވެ. އަދި ވިޔަފާރިތައް ހުއްޓާލަން ބޭނުންވާ ކުންފުނިތަކުން ހުއްޓާލި ކަމަށާއި އޭގެ ތެރެއިން އެއް ކުންފުންޏަކީ ސްޓާބަކްސް ކަމަށް ވެސް ބުނެފައި ވެއެވެ.

ރަޝިއާ ހަނގުރާމަ އާ ގުޅިގެން ހުޅަނގުން ޕްރެޝާ ކޮށް، ހުލަނގުގެ ވިޔަފާރިތައް ރަޝިއާއިން ބޭރު ކުރަން މަސައްކަތް ކުރަނީ، އެ ވިޔަފާރިތަކުން އުފައްދާ އިންކަމުން [ލިބޭ އާމްދަނީން] ޔޫކްރައިން ހަނގުރާމަ އަށް ހަރަދު ކުރާ ކަމަށް ތުހުމަތު ކޮށެވެ.

ރަޝިއާގައި ހިންގި އިންޓަނޭޝަނަލް ބައެއް ބްރޭންޑްތައް ކަމަށް ވާ މެކްޑޮނާލްޑް އާއި ކޭއެފްސީ ފަދަ ތަންތަން ބަންދުކޮށްފައި ވާ އިރު، އެ ބްރޭންޑްތައް ހުއްޓާލީ، އެތައް 100 ރެސްޓޯރަންޓެއް ނުއަގުގައި ވިއްކާލާފައެވެ.