ގދ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވޯޓު ފޮށި ފަޅާލާފައި ވަނީ ވޯޓު ފޮށި ބަންދުކޮށްފައި ވަނިކޮށެވެ.

އެ ވޯޓު ފޮށި ބަންދުކޮށްފައި ވަނީ ހަވީރު 5 ޖެހިއިރުއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ވާދޫގައި ވޯޓުލާން ދިޔަ މީހަކު ފޮށި ފަޅާލާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައި ވާތީ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެކަން ހިންގި މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ރުޅިއައިސްފައި ވަނީ އައިޑީކާޑު ނެތުމުގެ ސަބަބުން ވޯޓު ނުލެވިގެންނެވެ.