އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރުމަށް 15 ޓީމެއް އެކުލަވާލައިފައިވާ ކަމަށާއި އެ ޓީމުތަކުން މާދަމާ މަސައްކަތް ފަށާނެ ކަމަށް އިންތިގާލީ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި މިއަދު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ފިރުޒުލް ވިދާޅުވީ އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރުމަށް ޖުމްލަ 15 ޓީމެއް އެކުލަވާލާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ސަރުކާރު ހިއްސާވާގޮތަށް ސަރުކާރުގެ ކުންފުނިތަކަށް ހާއްސަކޮށް އެކުލަވާލައިފައިވާ 7 ޓީމަކާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކާ އިދާރާތަކަށް ހާއްސަ 8 ޓީމެއް ކަމަށެވެ.

އެ ޓީމުތަކުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި މާދަމާއިން ފެށިގެން އެކި މުއައްސަސާތަކާ އިދާރާތަައް އަދި ކުންފުނިތަކަށް އެ ޓީމުން ޒިޔާރާތް ކުރަމުން ގެންދާނެ ކަން ފިރުޒުލް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އިންތިގާލީ ޓީމުތަކުން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަމުންދާނީ، ރައީސް އޮފީހުން ސަރުކާރުގެ އިދާރާތަކަށް އަންގާފައިވާ އެންގުމުގައި ބަޔާންކޮށްފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާ އިދާރާތައް އަދި ކުންފުނިތަކަށް ޒިޔާރަތްކޮށް އެ ތަންތަނުން މައުލޫމާތު އެއްކުރާނީ ކިހިނެތްކަން ކަނޑައަޅައި އެ މައުލޫމާތުތައް އިންތިހާބީ ރައީސްއަށް ހުށަހާޅާނީ ކިހިނެތްކަން އެކުލަވާލާލުމުގެ ކަންކަންކޮށްފައިވާ ކަމަށެވެ. އަދި އިންތިގާލީ ކޮމިޓީތަކަށް ބާއްވާ ހާއްސަ ތަމްރީނުތަކެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެެވެ.

އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެންމެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަމައިން ފެށިގެން ވެސް އެކަށީގެންވާ އެއްބާރުލުން ހިތްހަމަ ޖެހޭ ވަރަށް ދެމުން ގެންދާކަން ފާހަގަކޮށް ފިރުޒުލް ވިދާޅުވީ އަމާޒަކީ ފަރުވާތެރިކަމާއެކު ބާރު ސްޕީޑްގައި އެންމެ ފުރިހަމައަށް އިންތިގާލީ މަސައްކަތް ކުރިއަށް ގެން ދިއުން ކަމަށެވެ.

އެގޮތުން އިންތިގާލީ މަސައްކަތް ފެށިގެންދާއިރު ސަމާލުކަންދޭ އެންމެ މުހިންމު އެއް ކަމަކަށް ސަރުކާރުން ހަދާފައިވާ އެކިއެކި އެއްބަސްވުންތައް ވެގެންދާނެ ހެދިފައިވާ އޮޅުންފިލުވާ ސާފުކުރުންވެގެންދާނެ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. އެ އެއްބަސްވުންތައް ތިލަވެ، ސާފުވުމުން ދެން ކުރަން ހުރި މަސައްކަތައް ކުރުމަށް ފަސޭހަވެެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިންތިގާލީ މުއްދަތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ސަރުކާރު ބަދުލުވަމުންދާ ދަނޑިވަޅުގައި ކުރިއަތް އޮތް އަހަރަށް ބަޖެޓެއް ކަނޑައެޅުން ކަމަށާއި އެކަމުގައި އާ ސަރުކާރަށް ބޭނުންވާ އެއްބާރުލުން ހޯދުމުގެ ގޮތުން މަޝްވަރާ ކުރެވުނު ކަން އޭނާ ފާހަގަކުރެއްވިއެެވެ.