ކޮންމެ 5 އަހަރަކުން 1 އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8:00 އިން ހަވީރު 5:00 އަށް ކުރިއަށް ދާނެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރި 8 ކެންޑިޑޭޓުންގެ ތެރެއން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޑރ. މުހައްމަދު މުއިއްޒެވެ.

ފުރަތަމަ ބުރުގައި ވޯޓު ލިބުނު ގޮތް؛

  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ): 86،161 (39.05 ޕަސެންޓު)
  • މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ): 101،635 (46.06 ޕަސެންޓު)

މި ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 586 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާއިރު އަތޮޅުތަކުގައި 3119 ފޮށީ އަދި ރިސޯޓުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.

އިތުރަށް ވިދާޅުވޭ...