ހުޅުމާލޭ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ބުނެފައި ވަނީ އަލިފާން ރޯވެފައި ވަނީ އަމީން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރަސްގަައި ކަމަށެވެ.

އަދި އަލިފާން ނިއްވުމަށްޓަކައި ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަރާތްތަކުން ހަރަކާތްތެރިވަމުން ދާ ކަމަށާއި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހެނދުނު 8:39 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުންދާއިރު ފެންނަނީ އެ އިމާރާތުގެ މަތިން ބޯ ކަޅު ދުން އަރާ މަންޒަރެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައި ކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައި ނުވެއެވެ.