ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ އެ ރަށު އަންނާރުމާގޭ ހަސަން މޫސާ ދީދީ (85 އަހަރު) މިއަދު މަރުވެއްޖެއެވެ.

ހަސަން މޫސާ ދީދީ މަރުވީ އޭނާ ހަރަކާތް ނުކުރާކަން ފާހަގަ ކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަ ފަހުން ހެނދުނު 9:55 ހާއިރުއެވެ.

މުނިކާފަ ދަރިފުޅާ ބެހުނު ކަމަށް އޭނަގެ މައްޗަށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް 2020 ވަނަ އަހަރު އިއްވާފައި ވާއިރު އޭނާ ހުކުމް ތަންފީޒު ކުރަމުން ދިޔައީ ހުޅުމާލޭ ޖަލު ގައެވެ. އަދި ހަމައެހެންމެ އެހެން ކުއްޖަކާ ބެހުނު މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ ދޮޅު މަހުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ.

ހަސަން މުސާ މަރުވިއިރު އޭނާ އަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ވެ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.