މާލޭގެ ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައި އަލިފާން ރޯބެ އަނދާ ހުލިވެއްޖެއެވެ.

އަލިފާނުގެ މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން ހަރަކާތްތެރި ވަމުން ދާ އިރު އަލިފާން އަދި އެއްކޮށް ނުނިވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 04:37 ހާއިރު ކަމަށް އެ އިދާރާއިން ބުނެފައި ވާއިރު މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް އެއްކޮށް އަދި ނިއްވާނުލެވޭ ކަމަށް ބުނެފައި ވެއެވެ.

މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.