ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި މުހައްމަދު ޒުހައިރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ހުންނެވި ޒުހައިރު ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދުއެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ޒުހައިރު އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުހައިރު ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫންގެ ކެމްޕެއިނުގައި ހަރަކާތްތެރި ވުމުގެ ގޮތުންނެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒުހައިރު އިސްތިއުފާ ދެއްވިއިރު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޑރ. ޝާހް މާހިރު ވެސް މިމަހުގެ 28 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޖޭޕީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވެވި ޝާހް މަގާމުން އިސްތިއުފާ ދެއްވި ދުވަހު ވަނީ ދަ ޑިމޮޮކްރެޓްސްއަށް ސޮއިކުރައްވާފައެވެ.