ދުންފަތުގެ ވިޔަފާރި ކުރާ މީހުން ލައިސަންސް ނެގުމަށް ހެލްތް މިނިސްޓްރީން ތިން މަހުގެ މުހުލަތެއް ދީފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެ މިނިސްޓްރީން ގެޒެޓްކުރި "ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވައިދު" ތަންފީޒްކުރަން ފެށުމާއެކު ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން ހުއްދަ ނެގުން ވަނީ ލާޒިމްކޮށްފައެވެ.

އެއާއެކު ހެލްތް މިނިސްޓްރީން ވަނީ ހަތަރު ބާވަތެއްގެ ލައިސަންސް ނެގުމަށް ހުޅުވާލާ

  • ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރުމުގެ ލައިސަންސް (ލައިސަންސް ނެގުމާއި އާ ކުރުން 10،000 ރުފިޔާ)
  • ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް (ލައިސަންސް ނެގުމާއި އާ ކުރުން 5000 ރުފިޔާ)
  • ދުންފަތުގެ ބާވަތްތައް އިންޕޯޓުކުރުމުގެ ލައިސަންސް (ލައިސަންސް ނެގުމާއި އާ ކުރުން 10،000 ރުފިޔާ)
  • ދުންފަތުގެ އާ ބާވަތެއް ރެޖިސްޓްރީކުރުން (ލައިސަންސް ނެގުމާއި އާ ކުރުން 10،000 ރުފިޔާ)

ފީ ދެއްކުމުން މިނިސްޓްރީން ލައިސަންސް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އަދި ލައިސަންސް އާ ކުރަން މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން އެކަމަށް ހުށަހަޅަން ޖެހޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހުއްދަ ނަގަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށައެޅޭނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު މައްސަލައެއް ދިމާވެއްޖެ ނަމަ 1500 އަށް ގުޅުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ. އަދި، [email protected] އަށް މެއިލް މެދުވެރިކޮށް ވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.

ދުންފަތުގެ ވިޔަފާރީގެ ހުއްދައަށް އެދި ހުށަހެޅުމަށް ހުޅުވާލާ މުއްދަތުގެ ފަހުން، ލައިސަންސް ނެތި އެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ނަމަ ލައިސަންސް ބާތިލުކުރާނެ އެވެ.