18 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްތައް ކުރުމާއި ސިއްހީ ބައެއް މަރުކަޒުތަކުގެ ޖާގަގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ފެނަކަ އާއި އާރުޑީސީ އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް ހިންގުމާ ގުޅޭ އެއްބަސްވުންތަކުގައި ސަރުކާރުން މި ތިން ކުންފުންޏާ އެކު ސޮއިކުރީ ހެލްތު މިނިސްޓްރީގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިގޮތުން ހެލްތު މިނިސްޓްރީން މި ތިން ކުންފުންޏާ ހަވާލުކުރީ ސިއްހީ ހިދުމަތް ދޭނެ އާ މަރުކަޒުތަކެއް ބައެއް ރަށްރަށުގައި އިމާރާތްކުރުމަށާއި އަނެއްބައި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ޖާގަ ބޮޑުކުރުމަށެވެ. ނަމަވެސް މަޝްރޫއުތަކުގެ އިތުރު ތަފްސީލު މިނިސްޓްރީން ހާމަ ނުކުރެއެވެ.

މިގޮތުން މިނިސްޓްރީން ފެނަކަ އާ ހަވާލުކުރީ:

  • ހއ. މޮޅަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއު
  • ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއު
  • ހއ. މުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު

މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކުރީ:

  • ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއު
  • އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއު
  • ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • ދ. ހުޅުދެލި ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު

އާރުޑީސީ އާ ހަވާލުކުރީ:

  • ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫއު
  • ގއ. ދާންދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫއު
  • ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު
  • މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަޝްރޫއު