އައްޑޫސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލުގެ މައްސަލައަކާ ގުޅޭ ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުގެރޭ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި، އެ ގޯތިތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ތިން ފުޅިއާއި، 7 ހަން އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ 20 އަަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެކެވެ. ފުލުހުން ބުނެފައިވަނި މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ބަނގުރާ ކައްކާ ކަމުގެ ތުހުމަތުގައި މި މަހު 20 ވަނަ ދުވަހުވެސް ވަނީ މާލެއިން 3 ބިދޭސީން ހައްޔަރުކޮށްފައެވެ. އަދި އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ކަނޑައަޅައި މި މީހުންގެ ބަންދަށް 15 ދުވަސް ވަނީ ދީފައެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރީ 48 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 22 އަހަރުގެ ފިރިހެނެކެވެ.

އަދި އެ މީހުންގެ އަތުން 500 އެމްއެލްގެ 273 ފުޅި އާއި ފަސް ލިޓަރުގެ 4 ފުޅި އާއި ޖޭމްސަން ބްރޭންޑްގެ ތިން ފުޅި ރާ ވަނީ ހޯދާފައެވެ. މީގެ އިތުރުން ފުލުހުން އެ ތަން ފާސްކުރިއިރު ބަނގުރާ ކެއްކުމަށް އެއްޗެހި އަޅައި ތައްޔާރުކޮށްފައިވާ 36 ޓައްޕު ވަނީ ފެނިފައެވެ.