ރާއްޖޭގެ ދެކުނުން ހިތަދޫގައި އުމުރުން 15 އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

''ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަން (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރު ކޮށްފައި ވާއިރު އޭނާގެ ބަންދަ އެންމެ ފުރަތަމަ ޖަހާފައި ވަނީ 4 ދުވަސް ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތުގެ މި މަހުގެ 29 ވަނަ ދުވަހު ހަމަވުމާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 20 ދުވަސް ޖަހާފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހިނގި މި ހަދިސާ އާ ގުޅިގެން ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.