އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމާ އަދި އެފަދަ އެހެން ޖިނާއީ ކުށްތައް ކުރަން ބޭނުންކުރަމުން ދާކަމަށް ތުހުމަތުކުރެވޭ ތަނެއް ކޯޓުއަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.
އެ ގޮތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ ސ. ހިތަދޫގައި ހުންނަ "ލާމިޔާގެ" ނަމަކަށް ކިޔާ ގެއެކެވ. ކޯޓުގެ އަމުރެއްގެ ދަށުން 90 ދުވަހުގެ މުއްދަތަށް އެ ގެ ބަންދުކޮށްފައިވާކަން އިއުލާންކޮށް ފުލުހުން ބުނީ މި ގެ ބަންދުކޮށްފައިވަނީ ޖޫން 8، 2026 އިން ފެށިގެން ސެޕްޓެމްބަރު 6، 2026 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ގެ ބަންދުކުރަން ޖެހުނީ، އެތަނަކީ ވައްކަމާއި، ފޭރުމާއި އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެކި ބޭނުންތަކުގައި އުޅެމުންދާ ތަނަކަށް ވާތީއެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ އާންމު ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހި، ފުލުހުންނަށް ތަކުރާރުކޮށް ޝަކުވާ ހުށަހެޅެމުންދިއުމާ ގުޅިގެން، އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މި މުއްދަތުގައި، އެއްވެސް ފަރާތަކުން ހުއްދައަކާ ނުލައި އެ ގެއަށް ވަދެނިކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައަކާ ނުލައި ވަންނަ ފަރާތްތަކާއި، އަދި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާޤާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
