ސެންޓްރަލް އެފްރިކާގެ ހުޅަނގު އައްސޭރީގައި އޮންނަ 2.4 މިލިއަން މީހުންގެ އާބާދީގެ ގެބޯންގައި ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް އަތުލައިފިއެވެ.
2009 އިން ފެށިގެން ވެރިކަމުގައި ހުންނެވި، އަލީ ބޮންގޯ ވާދަކުރެއްވި އެންމެ ފަހު އިންތިހާބުގެ ނަތީޖާ މިދިޔަ ހޮނިހިރު ދުވަހު އިރުލާން ކުރި އިރު ކުރީގައި އޮތީ ބޮންގޯއެވެ. ނަމަވެސް އަސްކަރިއްޔާއިން އެ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހަދާ، ވެރިކަމުގެ ބާރުތަކާ ހަވާލުވިކަން ޓީވީ މެދުވެރިކޮށް ރަސްމީ ކޮށް އޮއިލާން ކޮށް އިންތިގާލީ ވެރިއެއްގެ ގޮތުގައި ބަޣާވާތުގެ ލީޑަރު ޖެނެރަލް ބްރައިސް އޮލިގުއީ ނެގޫމާ ވަނީ ހަމަޖަައްސާފައެވެ.
ބަޣާވާތާ ގުޅިގެން މިވަގުތު ގޭގައި ހުންނެވި ރައީސް ބޮންގޯ ވަނީ، އޭނާގެ ދިފާއުފައި ދުނިޔެއިން އަޑުއުފުލައި ދިނުމަށް ގޮވާލައްވައި ރައްހުމަތްތެރިންގެ ކިބައިންވެސް މަދަދަށް އެދިވަޑައިގެންފައެވެ.
ތެލާއި، އެކި ބާވަތުގެ މައުދަނުން މުއްސަނދިކަން ލިބިފައި ވާ ގެބޯންގައި ބޮންގޯގެ އާއިލާއިން ވެރިކަން ކުރައްވާތާ މިވީ 55 އަހަރެވެ. މީގެ ކުރިން ވެރިކަމުގައި ހުންނެވި އޭނާގެ ބައްޕަ ވަނީ 41 އަހަރު ވެރިކަން ކުރައްވާފައެވެ.
ބަޣާވާތް ގެނައި އާމީން ބުނެފައި ވަނީ، އިންތިހާބު އޮޅުވާލާފައި ވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރަނީ އެކަން އެގޮތަށް ހިނގާފައި ވާކަމަށް ވުމުން، ވެރިކަމުގެ ބާރުތައް އަސްކަރިއްޔާއަށް ނެގީ ކަމަށެވެ. އަދި ވޯޓު އޮޅުވާލުމުގެ ތުހުމަތުގައި ބޮންގޯގެ ދަރިކަލުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އެއަށް ފަހު ޖެނެރަލުން ބައްދަލުވެ ނިންމީ، ވަގުތީ ލީޑަރަކީ ރިިޔާސީ ގާޑުންގެ ކުރީގެ ވެރިޔާ ޖެނެރަލް ނެގޫމާ ކަމަށެވެ.
މި ބަޣާވާތް އދ އައީ އެފްރިކަން ޔޫނިއަން އާއި ޔޫކޭ އަދި ފްރާންސުން ކުށްވެރިކޮށްފައި ވާއިރު، އެގައުމުގެ ގިނަ އަދަދެއްގެ ސިފައިންނާއި ރައްޔިތުން ވަނީ އަސްކަރިއްޔާގެ ނިންމުން ބަލައިގަނެ އުފާފާޅު ކޮށްފައެވެ. މަގުތަކަށް ނިކުމެ ނެގޫމާ އުރާލައިގެން އަސްކަރީ އޮފިޝަލުން އުފާފާޅު ކުރާ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ އާންމު ކޮށްފައެވެ.
އެެމެރިކާއިން ބުނެފައި ވަނީ، އާންމު މަސްލަހަތާއި އާންމުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމާއެކު ސަރުކާއުގެ މެންބަރުންގެ ރައްކާެރިކަން ޔަގީން ކޮށްދިނުމަށެވެ.