ބިލިއަން ބިލިއަން ޑޮލަރުގެ ޕެކޭޖެއް އިއުލާން ކުރައްވަމުން، އެފްރިކާގެ މުސްތަގުބަލަށް އޮތް ހުރިހާ ހައްލަކީ އެމެރިކާ ކަމުގައި އެގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ވޮޝިންޓަނަށް އެފްރިކާގެ ގައުމުތަކުގެ 49 ވެރިއަކު ގެންދަވާ ބޭއްވި އެފްރިކާ-އެމެރިކާ ސަމިޓުގައި ބައިޑަން ވިދާޅުވީ، އެފްރިކާގެ މުސްތަގުބަލު އޮތީ އެމެރިކާ އާ އެކުގައި ކަމަށާއި އެފްރިކާއަށް ކާމިޔާބު ވެއްޖެ ނަމަ، އެމެރިކާ އަށް ވެސް ކާމިޔާބު ވާނެ ކަމަށާއި އަދި މުޅި ދުނިޔެއަށްވެސް ކާމިޔާބު ވާނެ ކަމަށެވެ.
8 އަހަރަށް ފަހު އެފްރިކާގެ ވެރިން އެމެރިކާއަށް ގެންދަވާ ބޭއްވި މި ސަމިޓަކީ، އެފްރިކާގައި ޗައިނާގެ ބާރު ކުޑަކުރުވުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތު އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަގުސަދުގައި ބޭއްވި ސަމިޓެކެވެ.
ބައިޑަން އިތުރަށް ވިދާޅުވީ، ދުނިޔެއަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި އެފްރިކާގެ ލީޑަރުންގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާގެ އިތުރުން އަޑު ބޭނުން ވާ ކަމަށާއި އެމަގަށް މަސައްކަތް ކުރުމަށް އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ މަގަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައޮ އެފްރިކާއަށް 55 ބިލިއަން ޑޮލަރު އިންވެސްޓު ކުރައްވާނެ ކަމަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހަރަދު ކުރައްވާނީ ކްލީން އެނާޖީ (ތެލާ ނުލައި ހަކަތަ އުފެއްދުން) އަށް ކަމަށާއި އިންޓަނެޓުގެ ހިދުމަތާއި ޑިޖިޓަލް ޓެކްނޮލިޖީ ފޯރުކޮށްދިނުމަށް 350 މިލިއަން ޑޮލަރު ކަނޑައަޅާފައި ވާ ކަމަށެވެ. އަދި އެމެރިކާ އާއި އެފްރިކާ އާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށާއި މިއީ މިހާތަނަށް އެގައުމުން ސޮއި ކުރާނެ އެންމެ ބޮޑު ފްރޯ ޓްރޭޑް އެއްބަސްވުން ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.
މި ސަމިޓުގެ ހަވާސާގައި ބައިޑަން ވަނީ އަންނަ އަހަރު އިންތިހާބު އޮންނަ އެފްރިކާގެ 6 ގައުމެއްގެ ވެރިންނާ ވަކިން ބައްދަލު ކުރައްވާ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ބާރު އަޅުއްވާފައެވެ.
މީގެ އިތުރުން ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސޯދުގެ މެންބަރުކަން އެފްރިކަން ޔޫނިއަން އަށް ދިނުމަށް ބައިޑަން ބާރު އަޅުއްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.
ޢެމެރިކާ އަކީ މުަޅި ދުނިޔޭގެ ވެސް އޯލް އިން ވަން ހަލާކު!