ދަ ޑިމޮކްރެޓްސްއަށް ޓެރަރިޒަމްގެ ހަމަލާއެއްގެ އިންޒާރު ދިން މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިންތިހާބީ ތަރުޖަމާނު އަދި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ޕާޓީއަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގައި ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރެއް ދީފައިވާ ކަމަށެވެ.

އެ އިންޒާރުގައި ބުނެފައިވަނީ 'ބޮމުގެ ދެވަނަ ހަމަލާއެއް ވަރަށް އަވަހަށް އަންނާނެ' ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އަދި މި ފަދަ ޓެރަރިޒަމްގެ މައްސަލަތަކަކީ ބިރުހުރި މައްސަލަތަކެއްގެ ގޮތުގައި އިމްތިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

އިމްތިޔާޒު ވިދާޅުވީ ސީރިއަސް މައްސަލައެއްގެ ގޮތެއްގައި ބަލައިދިނުމަށް އީސީގައި އެދިފައިވާނެ ކަމަށާއި އޭގެ އިތުރުން އެ ޕާޓީއިން ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

ޓެރަރިޒަމްގެ މައްސަލަތަކަކީ ބިރު ބޮޑު މައްސަލަތަކަކަށްވާއިރު އެފަދަ މައްސަލަތަކުގައި އިންސާފު ވެސް ނުލިބޭ ކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ. އަދި އެ ޕާޓީގެ އިސް ބޭފުޅުންނަށް މިފަދަ އިންޒާރުތައް ދިނުމަކީ ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުން ސީރިއަސްކަމެއްގެ ގޮތުގައި ދެކި، ވަގުތުން އެ މައްސަލައިގެ ތަހުގީގު ފައްޓަން ޖެހޭނެ ކަމެއް ކަމަށްވެސް އިމްތިޔާޒުވަނީ ވިދާޅުވިއެވެ.

އޭގެ އިތުރުން އިމްތިޔާޒު ވަނީ އިލްޔާސްއާއި އިލްޔާސްގެ ރަނިންމޭޓު، ހުސައިން އަމުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންވެސް އެދިފައެވެ.

މިކަމާ ގުޅިގެން އިލެކްޝަނެއްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.