ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވާނީ ވަރަށް 'ކޫލް' ކޮށް ކަމަށާއި، އިދިކޮޅުން ދައްކާ ވާހަކަ އަށް އެއްވެސް ވަރަކަށް އަޅާލާނެ ކަމެއް ނެތް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
ލ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެ ރަށުގެ ކައުންސިލަރެއް ކަމަށްވާ މަރިޔަމް ނީނާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ވިދާޅުވީ:
- އެމްޑީޕީން ކެމްޕެއިން ހަރަކާތްތައް ހިންގަން ފެށުމުން، އަޑުގަދަކުރަމުން އިދިކޮޅުން ފަހަތުން ދުވާ ކަމަށް
- އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓު ޕްރޮމޯޓްކުރުމަށް ލަވަ ހަދަން ނޭނގޭ ކަމަށް
"އަޅުގަނޑުމެން ކެމްޕެއިން ކުރާނީ ވަރަށް ރީތިކޮށް، ވަރަށް 'ކޫލްކޮށް' އަޅުގަނޑުމެން ތިބޭނީ، އަޅުގަނޑުމެން ރޯ މަހެއް ތެޅޭހެނެއް ނުތެޅޭނަން، އިންތިހާބު މި އޮތީ ވަރަށް ކައިރިވެފަ،" ނީނާ ވިދާޅުވިއެވެ.
ނީނާގެ ވާހަކަ އަށް ބާރުދެއްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާނީ ވަރަށް ކޫލްކޮށް ހަމަޖެހިލައިގެން ކަމަށާއި، އިދިކޮޅުން ޖަހާހާ ލަވައަކަށް ދައްކާ ވާހަކައަކަށް އަޅާލާނެ ކަމެއް ނެތް ކަމަށެވެ.
"އަޚުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުން އަޑުއަހާނީ އެ ވާހަކަ، މީގެ ކުރިން ކަމެއް ކޮށް ނުދެވި ފެއިލްވެފައި ތިބި ބަޔަކު ދައްކާ ވާހަކައަކަށް އަޅުގަނޑުމެން އަޅާލާނެ ކަމެއް ނެތް، ހަމަ 'ކޫލް' ކެމްޕެއިނަކަށް ކުރިއަށް ވަޑައިގަންނަވާށޭ،" އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނުގެ މައި ވާހަކަފުޅު ފަށްޓަވަމުން ރައީސް ވިދާޅުވިއެވެ.
ޢިދިކޮޅަށްވުރެ ބޮޑަށް ކަލޭމެން ހާސް އަރައިގެން އުޅޭތަން ފެންނަނީ ކެމްޕޭންގެ ނަމުގައި އެންޓި ކެމްޕޭން ކުރާތަން ފެނިގެން ދަނީ ތިޔަ ޕާރޓީގައި އިސްކޮށް އުޅޭ ކޮންމެ މީހެއްގެ ދުލުން މުއިއްޒު މުއިއްޒު ނޫން އެއްޗެއް ނުކިޔޭ. ޠަގީނުންވެސް ވަރަށް ބޮޑަށް ޖެހިލުން ވެއްޖެ.