ބ. ތުޅާދޫ އެއްގަމުތޮށި އަދި ބޭރުތޮށި އަޕްގްރޭޑްކުރުމަށާއި ށ. ފުނަދޫ ބިން ހިއްކުމަށާާއި ތ. ކިނބިދޫ ބިންހިއްކަން އަދި މ. ރަތްމަންދޫ ހާބާ ޑިވޮލޮޕްމަންޓް އެންޑް ޝޯ ޕްރޮޓެކްޝަން މަސައްކަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތުޅާދޫ އެއްގަމުތޮށި އަދި ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ދަށުން 551.91 މީޓަރު އެއްގަމުތޮށި މަރާމާތުކުރުމާއި 551.91 މީޓަރު ސްކަވާ އޭޕްރޮން ލުމާއި 1 ރޭމްޕް ހެދުމުގެ އިތުރުން މޫރިން ބޮއި ހަރުކުރުމާއި 468 މީޓަރު ބޭރުތޮށި ޖެހުމާއި 15 މީޓަރު ސަބްމާޖް ބްރޭކްވޯޓާ ޖުހުމާއި 1 ޖެޓީ ހެދުން އަދި 1 އެކްސެސް ޕްލެޓްފޯމް ހެދުން ހިމެނެއެވެ. މި މަޝްރޫއަކީ 22.8 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް ޕްލޭޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓާ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 139.7 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް ޕްލޭޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކިނބިދޫ ބިންހިއްމުގެ މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތަށް 25 ހެކްޓަރުގެ ބިން އިތުރުކުރުން ހިމެނެއެވެ. މި މަޝްރޫއަކީ 148 މިލިއަން ރުފިޔާއަށް 340 ދުވަސް ތެރޭ ނިންމުމަށް ޕްލޭޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ރަތްމަންދޫ ހާބާ ޑިވޮލޮޕްމަންޓް އެންޑް ޝޯ ޕްރޮޓެކްޝަން މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުން ( މެދު ދިޔައިން ފެށިގެން -3.5 މީޓަރު ހަމަވާ ވަރަށް) އާއި ނެރު ފުންކުރުން (މެދު ދިޔައިން ފެށިގެން -4.0 މީޓަރު ހަމަވާ ވަރަށް) އާއި 254 މީޓަރު އެއްގަމުތޮށި ޖެހުމާއި 26 މީޓަރު ރިވްޓްމަންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 20 މީޓަރު ގްރޮއިން ޖެހުމާއި 192 މީޓަރު ސޭންޑް-ފިލް ބްރޭކްވޯޓާ ޖެހުމުގެ އިތުރުން 85 މީޓަރު ޗެނަލް ބްރޭކްވޯޓާ ޖެހުމާއި 15 މީޓަރު ސަބްމާޖް ބްރޭކްވޯޓާ ޖެހުމާއި 7 މޫރިން ބޮއި ހަރުކުރުމާއި 1 ރޭމްޕް ހެދުމާއި 1 ބްރިޖް އެޅުމާއި 18 މަގު ބައްތި ޖެހުމާއި އެއްގަމުތޮށީގެ ވަށައިގެން ޕޭވްމަންޓް އެޅުމާއި ފެން ހިންދުމަށް ކާނު ބެހެއްޓުން އަދި 10 ނެރު ބައްތި ހަރުކުރުން ހިމެނެއެވެ. މި މަޝްރޫއަކީ 68.9 މިލިއަން ރުފިޔާއަށް 480 ދުވަސް ތެރޭ ނިންމުމަށް ޕްލޭޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި 4 ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސެއިން މޫސާއެވެ.