ޅ. ނައިފަރު ބިން ހިއްކަުމުގެ މަޝްރޫއު އަދި ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ނައިފަރު ބިން ހިއްކަުމުގެ މަޝްރޫއުގެ ދަށުން 20.95 ހެކްޓަރު ބިން ހިއްކުމާއި 359 މީޓަރު ރިވެޓްމަންޓް ޖެހުމުގެ އިތުރުން 1600 މީޓަރު ބޭރުތޮށި ޖެހުން އަދި 180 މީޓަރު ގްރޮއިން ޖެހުން ހިމެނެއެވެ. މި މަޝްރޫއަކީ 141 މިލިއަން ރުފިޔާއަށް 330 ދުވަސް ތެރޭ ނިންމުމަށް ޕްލޭޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ގޮނޑުދޮށް ގިރަމުންދާ ސަރަހައްދުތަކުގައި 473 މީޓަރުގެ ބޮޑުހިލަ ގްރޮއިންއާއެކު 320 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 100 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި (ލޯ-ކްރެސްޓެޑް ބްރޭކްވޯޓާ) އަދި 20،500 ކޮޑިމީޓަރުގެ ގޮނޑުދޮށް ބެކްފިލިންގް ގާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 32 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް ޕްލޭޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މި މަޝްރޫއުތަކުގެ ދަށުން ހުޅުދުއްފާރު ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ދެ ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސެއިން މޫސާއެވެ.