ހުޅުމާލޭގައި ގާއިމްކޮށްފައިވާ ރަށުމާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ، ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅިގެންދާނީ ބީލަމުގެ އުސޫލުން، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

އާބަންކޯއިން ބުނީ ލޯކަލް މާރުކޭޓުން (ރަށު މާރުކޭޓު ގޮޅި) ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ އޮގަސްޓް 30، 2023ގެ 09:30 އާއި 11:00 އާ ދެމެދުގައި ރެހެންދި ސްކޫލް ހޯލުގައި ކަމަށެވެ. އަދި ބީލަމަށް ހުޅުވާލުން އޮންނާނީ އޮގަސްޓް 30، 2023 ވާ ބުދަ ދުވަހު 11:00 އާ ހަމައަށް ދޫކޮށްފައިވާ ނަންބަރުތަކަށް ފޯމު ބަލައިގަތުމަށްފަހު ކަމަށް އާބަންކޯއިން ބުނެއެވެ.

ގޮޅި އިޙްތިޔާރު ކުރުން ކުރިއަށް ދާނީ ސެޕްޓެމްބަރު 5، 2023ގެ 10:00ގައި އެގްޒިބިޝަން ސެންޓަރު (އެޗްޑީސީ ބިލްޑިންގް)ގައި ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން ބުނީ، ބީލަން ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަނުގެ ވެބްސައިޓްސް އަދި އާބަންކޯގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ ކަމަށެވެ.