މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން އިންތިޒާމުކޮށްގެން "އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓް ފޯރަމް 2023" ފަށައިފިއެވެ.
މިފޯރަމަކީ އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓާއި ގުޅޭ ގޮތުން އެމްޕީއެލްއިން ބާއްވާ ދެވަނަ ފޯރަމަށްވާއިރު އެފޯރަމް ބާއްވަނީ ދެ ދުވަހުގެ މުއްދަތަށް ޕެރެޑައިސް އިއިލޭންޑް ރިސޯޓުގައެވެ.
މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، އެސްއޯއީސް ތަކުގެ މެދުގައި އެވެއާނަސް އުފެއްދުމަށް ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ރިސްކް އެންޓް ކޮމްޕްލިއެންސް އޮފިސާ ރީޝާ އިބްރާހިމް ވިދާޅުވިއެވެ. ރީޝާ ވިދާޅުވީ، މި ފޯރަމް ކުރިއަށްދާއިރު ވަރަށް ގިނަ އިންޑަސްޓްރިއަލް އެކްޕާޓްގެ ސެޝަންތައް ކުރިއަށްދާނެ ކަމަށާއި އަދި މިފަހަރު އީއާރް ފޯރަމްގައި ވަރަށް ހާއްސަ ކަމެއް ކުރިއަށްދާނެ ކަމަށެވެ.
ރީޝާ އިތުރަށް ވިދާޅުވީ، މި ފޯރަމް ތެރޭގައި ތިން ޕެނަލް ޑިސްކަޝަން ކުރިއަށް ދާނެ ކަމަށެވެ. މި ފޯރަމްގައި ބައިވެރިވާ ޕާޓްނަރުންގެ ތެރޭގައި އާސަންދަ ކޮމްޕެނީ ލިމިޓެޓާއި އާބަންކޯ އާއި ދިރާގުގެ އިތުރުން ސްޓެލްކޯ އާއި ބީސީސީ އަދި އެމްޓީސީސީ ހިމެނެއެވެ.
މި ފޯރަމް ބޭއްވުމުގެ އަމާޒަކީ އެހެން އެސްއޯއީސްތަކުގައި ވެސް އެމްޕީއެލްއެކޭ އެއްފަދައިން އެންޓަޕްރައިޒް ލެވަލްގައި މެނޭޖްމަންޓް ފަންގްޝަން ގާއިމްކުރަން ކަމަށާއި އަދި މި ފަންގްޝަނަށްދޭ އަހައްމިޔަތުކަން އިތުރުކުރަން ކަމަށް ރީޝާ ވިދާޅުވިއެވެ.
ވިދާޅުވީ، މިއީ އެމްޕީއެލްއިން އިސްނަގައިން ރިސްކް މެނޭޖްމަންޓް ފޯރަމް ބާއްވާ ދެވަނަ ފަހަރު ކަމަށެވެ.
މި ފޯރަމްގެ ބޭނުމަކީ، ގިނަ ކުންފުނި ތަކާއެކު ރިސްކް މެނޭޖްމަންޓް ފަންގްޝަންގެ ޑިސްކަޝަންތައް އިތުރަށް ކުރިއަށް ގެންގޮސް އެއްބަޔަކު އަނެއް ބަޔަކުގެ ތަޖުރިބާ، އަދި ދަސްވެފަ ކުރި ކަންތައްތައް އަނެއް ބަޔަކަށް އިނގި، ރިސްކް މެނޭޖްމަންޓް ފަންގްޝަން ކޮންމެ ކުންފުންޏެއްގައި ވެސް ހަރުދަނާކުރަން ރަނގަޅު މައުލޫމާތު ތަކެއް ބަދަލުކުރެވި، މައުލޫމާތު ބަދަލުކުރާ ފޯރަމް އަކަށް މި ފޯރަމް ހެދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.