ރެޑްބުލް ދަޅެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އއ. ފެރިދުއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ރެޑްބުލްދަޅެއް ވަގަށް ނެގިކަމަށް އިއުތިރާފު ވެފައެވެ. އަދި އެކަން ކުރީ ބަނޑުހައިވެގެން ކަމަށްވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ބުނެފައެވެ.
މި މައްސަލައިގައި ކޯޓުން ވަނީ އޭނާ ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅާފައެވެ. އަދި އޭނާއަށް ބަންދުގެ މުއްދަތު ޖަހަން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށް ފަހު ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އޭނާ ކުރި ކުށަށް ބެލުމަށްފަހުވެސް ބަންދަށް 15 ދުވަސް ދިނީ އޭނާ އަކީ ކުށުގެ ރެކޯޑް ގިނަ މީހަކަށް ވާތީއެވެ.
ފަހަކަށް އައިސް ޒުވާނުން މިފަދަ ކުށްކުރާ ނިސްބަތް އިތުރުވަމުން އަންނައިރު ފޭރުމާ ވައްކަމުގެ މައްސަލަ ވެރި ރަށް މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޒުވާނުން ކުށުގެ ވެއްޓަށް ދާ މިންވަރު އިތުރުވަމުން އަންނައިރު މި ފަދަ ކުށްކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުދެވޭ ކަމުގެ ކަންބޮޑުވުންތައްވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ޔާމީން ގެއަށް .. ކޮންކަހަލަ އިންސާފެއް