ރޭޑިއޯ ލޮގިސްޓުންނަށް އެނގޭވަރަށް އާޓިފިޝަލް އިންޓެލިޖަންސްގެ އެހީގައި ބްރެސްޓް ކެންސަރު [އުމަރީގެ ކެންސަރު] ދެނެގަންނަ ޓެކްނޮލޮޖީ ތަރައްގީ ކޮށްފިއެވެ.
ސްވިޑަންގެ ލުންޑް ޔުނިވާސިޓީގެ ޓީމަކުން ބުނީ، އުރަމަތީގެ އެކްސްރޭ، 2 ރޭޑިއޯލޮޖިސްޓުންނާއި އޭއައި ލައްވާ އެއްހަމައެއްގައި ދިރާސާ ކުރުވި އިރު، ރޭޑިއޯ ލޮޖިސްޓުން ކެންސަރު ދެނެގަންނަން ނަގާހާ ވަގުތުގައި އޭއައި އަށް ވެސް އެކަން ކުރެވޭ ކަމަށެވެ.
ނަމަވެސް އޭއައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެއާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭއައިއަށް އެ މައުލޫމާތު ދެނެގަނެވި ރޭޑިއޯލޮގިސްޓުންނަށް ވުރެ ފުރިހަމައަށް އެކަން ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ބްރެސްޓް ކެންސާ ދެނެގަތުމަށްޓަކައި މެމޯގްރާމް [އެކްސްރޭ] ހަދަމުންދާ އިރު ސްކްރީނަށް ފެންނަ މަންޒަރު ދެނެގަނެ ބްރެސްޓް ކެންސާ ހުރި މިންވަރާއި ހާލަތު ދެނެގަތުމަކީ ސައިންޓިސްޓުންގެ އުއްމީދެކެވެ.
ޔޫކޭގައި ވެސް މިފަދަ ދިރާސާތައް ހަދަމުން ދާއިރު، އެމީހުން ވަނީ ކުރިން ޑޮކްޓަރުން ބަލާފައި ހުރި ކޭސްތަކުގެ މައުލޫމާތު އޭއާއިގެ އެހީގައި އަލުން ބަލާ ހަދާފައެވެ. އެއާއެކު ޔޫކޭގެ ސައިންޓިސްޓުން ބުނެފައި ވަނީ އޭއައިގެ އެހީގައި ބްރެސްޓް ކެންސާ ދެނެގަނެވޭނެ ކަމަށާއި އެކަން ފުރިހަމަ ކުރުމަށް އަދި އިތުރު މަސައްކަތް ކުރަން ހުރި ކަމަށެވެ.
ސްވިޑަންގައި ކުރި ދިރާސާގައި ވަނީ އުމުރުން 54 އަހަރަށް ދާ 80،000 އަންހެނުންގެ އުރަމަތީގެ އެކްސްރޭ ނަގާ އޭއައިގެ އެހީގައި ބަލާ ދިރާސާ ކޮށްފައެވެ. އެ 80،000 ދެބަޔަކަށް ބަހާލައި އެއްބައި ބެލީ 2 ރޭޑިއޯލޮޖިސްޓުން ލައްވައެވެ. ދެވަނަ ބައި ބެލީ އޭއައި ޓެކްނޮލޮޖީގެ އެހީގައެވެ. އެ ދިރާސާއިން އޭއައި ބެލި ބައިން 244 އަންހެނެއްގެ އުރަމަތީގެ ކެންސަރު ހުރިކަމަށް ދެއްކިއެވެ. ރޭޑިއޯލޮގިސްޓުންނަށް ފެނުނީ އުރަމަތީގެ ކެންސަރު ހުރި ކަމަށް 203 މީހުންނެވެ. ފޯލްސް ޕޮޒިޓިވް ގޮތުގައި ދެގްރޫޕަށް ފެނުނީ 1.5 ޕަސެންޓެވެ.
ސިއްހީ ދާއިރާގައި ރޭޑިއޯލޮޖިސްޓުންނަކީ މަދުބައެކެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ސްކޭނެއް ކޮށް ރިޕޯޓް ހަދަން ޖެހޭ އިރު ރާއްޖެ ފަދަ ގައުމުތަކުގައި ވެސް ސްކޭން ކިއު އަތް ނުފޯރާހާ ދިގެވެ. ވެއިޓް ލިސްޓުގައި މިހާރުވެސް އެކި ހޮސްޕިޓަލް ތަކުގައި ދިގު ކިއުތައް އޮތް އިރު އާ ޓެކްނޮލޮޖީ ތައާރަފު ވެގެން އައުމުން ރޭޑިއޯލޮޖީގެ ދާއިރާއަށް އޮތް ގޮންޖެހުމަށް ހައްލު ލިބިގެން ދާނެ ކަމަށް އުންމީދު ކުރެވޭއިރު ޔޫކޭ، ސްވިޑަން ފަދަ ގައުމުތަކުގައި ވެސް އުއްމީދު ކުރަނީ އޭއައިގެ އެހީގައި އެދާރާ އިންގިލާބު ކޮށްލާށެވެ.