ކަރަންޓު ކޭބަލެއް ބުރިވެ، މުޅި ފުވައްމުލަކުން ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރުވެ، ދިރާގު ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

ފުވައްމުލަކުގެ ފެނަކަ ބްރާންޗުން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި، މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އިތުރު ތަފްސީލު ދެއްވަމުން ފުވައްމުލަކު ކައުންސިލްގެ މީޑިއާ އޮފިޝަލް އިބްރާހީމް އަލީފް 'ދަ ޕްރެސް' އަށް ވިދާޅުވީ، ގެއްލުންވި ކޭބަލް ދެނެގަތުމުގެ މަސައްކަތް އެ ސިޓީގެ ފެނަކަ ބްރާންޗުން ފަށާފައިވާ ކަމަށެވެ.

މައްސަލަ ހައްލުކޮށް ކުރިއަށް އޮތް އެއް ގަޑިއިރު ތެރޭގައި މުޅި ސިޓީގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަވީރު 3:34 އިން ފެށިގެން ފުވައްމުލަކުން ކަރަންޓު ކެނޑި، މި ސިޓީން ލިބޭ ދިރާގުގެ ހިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ.