އިނގިރޭސި މިއުޒިކް ބޭންޑް "ދަ 1975" ގެ ލީޑް ލަވަކިޔުންތެރިޔާ މެޓް ހާލޭ، އެ ބޭންޑްގެ އެހެން މެންބަރަކާ ސްޓޭޖް މަތީގައި ކިސް ކުރުމުން ފެސްޓިވަލް ހުއްޓުވައިފިއެވެ.

މެލޭޝިއާ އަކީ އެއްޖިންސުގެ ގުޅުން ހިންގުން މަނާ ކޮށްފައި އޮންނަ މުސްލިމުން ގިނަ ގައުމަކަށް ވާއިރު، މެޓް އެކަން ކުރީ އެގައުމުގައި އޮންނަ އެލްޖީބީޓީކިއު މަނާ ކުރާ ގާނޫނަށް ގޮންޖެހުމަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މެލޭޝިއާގެ ވެރިރަށް ކްއަލަލަމްޕޫރުގައި ބޭއްވި "ގްޑް ވައިބްސް ފެސްޓިވަލް" ގައި އެކި އެކި މިއުޒިކް ބޭންޑްތަކުން ލަވަ ހުށަހަޅައިދީފައި ވެއެވެ.

އެއްޖިންސުގެ ގުޅުން ހިންގުމަކީ މެލޭޝިއާގައި މަނާ ކަމަށް ވާއިރު އެއީ 20 އަހަރުގެ ޖަލު ހުކުމެއް އަންނަ ކަމެއްވެސް މެއެވެ.

މެޓް ވަނީ އޭނާ ކުރި ކަންތައް ދިފާއު ކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކާ އޭނާ ލައްވާ ޝޯ ކުޅުވާނަމަ ޖެހޭނީ އޭނާ ކުރާކަންކަމާ ރުހެން ކަމަށް ބުނެ ޝޯ އަށް ހަރަދުކުރި ލާރިވެސް އަތުލާނެ ކަމަށް ބުނެފައެވެ. އަދި އެ ބޭންޑަށް ދައުވަތު ދިނުމަށް ފަހު ސެކްސް [ގުޅުން ހިންގަން ޖެހެނީ] ކާކާކަމެއް ނުބުނެވޭނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މި މައްސަލައިގައި ފެސްޓިވަލް އިންތިޒާމް ކުރި ފަރާތުން އާންމުންގެ ކިބައިން މައާފަށް އެދިފައި ވާ އިރު މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ ޒުވާނުންނާއި އުފެއްދުންތެރިކަން ކުރިއަރުވަން މެލޭޝިއާ އަބަދުވެސް ތާއީދު ކުރާނެ ކަމަށާއި ނަމަވެސް މެލޭޝިއާގެ ސަގާފަތާއި އާދަކާދައާއި އަދި ގާނޫނުތަކުން ބޭރަށް ދާން އެއްވެސް ފަރާތަކަށް ހުއްދަ ނޯންނާނެ ކަމަށެވެ.

ބައެއް މީހުންނަށް މެޓް ކުރިކަންތައް ރަނގަޅުވެގެން އެއީ އާޓިސްޓުންގެ ހައްގެއް ކަމަށް ބުނެ އަޑުއުފުލާފައި ވެސް ވެއެވެ.

މެލޭޝިއާގައި އޮންނަ އެލްޖީބީޓީކިއު ކޮމިއުނިޓީންވެސް ވަނީ އެ ނިންމުނާމެދު ކަންބޮޑުވުން ފާޅުކޮށް އެއީ ތަފާތު ކުރުން ކަމަށް ބުނެ އަޑުއުފުލާފައެވެ.

މި މެޓް ވަނީ މީގެ ކުރިން 2019 ވަނަ އަހަރު ދުބާއީގައި ވެސް މިފަދަ އަމަލެއް ހިންގާފައެވެ. އެފަހަރުވެސް ޝޯ އެއްގައި އޭނާ ފިރިހެނަކާ ކިސް ކުރީއެވެ.