އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ވާނެ ބޭފުޅަކާ މެދު ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްޑީޕީ ޗެއާޕާސަން ދެއްކެވި ވާހަކައަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ރައްދު ދެއްވައިފިއެވެ.

ރީކޯ ވިދަޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވަން ވާނީ އާންމު މެންބަރުންނާ ޒަތީނުވެ ޕާޓީގެ މެންބަރުންނާއެކު އުޅެވޭނެ ބޭފުޅެއް ކަމަށެވެ. ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތަނުގައި އޭނާއާ ދިމާކުރުމަކީ ފައްޔާޒް ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށާއި ދޮގު ވާހަކަ ނުފެތުރުމަށް ރީކޯ ގޮވާލެއްވިއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައި ވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅުމަކީ ގޮތެއް ނިންމަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އެކަމާ ގުޅޭގޮތުން ވަކި ވަކިން ޕާޓީގެ އިސް ބޭފުޅުންނާ ވާހަކަފުޅު ދައްކަވާ، އެ ބޭފުޅުންގެ ހިޔާލު ހޯއްދަވާ ކަމަށާއި ކޮންމެ ދުވަހަކާއި ކޮންމެ ރެޔަކު އެކަމުގައި ގޮތެއް ނިންމުމާ ގުޅޭގޮތުން ވާހަކަފުޅުދައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ރަނިން މޭޓަކަށް އެކި ބޭފުޅުންގެ ނަންތައް ލިބިވަޑައިގަންނަވާ ކަމަށާއި ރިޔާސީ އިންތިހާބުގެ ފޯމުލުމުގެ ކުރިން ރަނިން މޭޓް ކަނޑައަޅުއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާ އިރު، ރަނިން މޭޓާ ބެހޭ ގޮތުން ހޫނު ގަދަކޮށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ވާހަކަ އަންނަނީ ވާހަކަ ދައްކަމުންނެވެ. ބައެއް ނޫސްތަކުން ވެސް އެކަމާ ގުޅޭ ލިޔުންތައް ވަނީ ގެނެސްދީފައެވެ. އެފަދަ ލިޔުމަކާ ގުޅިގެން ފައްޔާޒް ވަނީ މިއަދު ޓްވީޓެއް ކުރައްވާފައެވެ.

ފައްޔާޒް ކުރެއްވި ޓްވީޓްގައި ވިދަޅުވީ، ރަނިންމޭޓަކަށް ވެވަޑައިގަތުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އެ ވާހަކަ ކޮންމެވެސް ސަބަބަކާ ހުރެ ދައްކަވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކަމަށެވެ. އަދި އެއީ ވަރަށް ދެރަ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާއިރު އެ ޕާޓީން ވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގައި ކޯލިޝަނެއް ހަދާފައެވެ. އެ ޕާޓީތަކުގެ އިސް ބޭފުޅުން ރައީސް ސޯލިހުގެ ކެމްޕެއިންގައި ހަރަކާތެރިވެވަޑައިގަންނަވާ އިރު، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ތަން ފެނެއެވެ. ރައީސް ސޯލިހްގެ ރަނިން މޭޓަކަށް ހޮވާނެ ބޭފުޅުންގެ ލިސްޓުގައި އެ ބޭބޭފުޅުންގެ އިތުރުން އަބްދުﷲ ޝާހިދާއި އަސްލަމުގެ ނަން ހިމެނޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.