މ. ކޮޅުފުށީގައި އުމުރުން އެއް އަހަރުގެ ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އެ ރަށުގެ ކައުންސިލަރު އާދަމް ސައީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ދަރިފުޅެކެވެ. މިއަދު އަސްރު ނަމާދަށް ފަހު ވަޅުލާނެ ކަމަށް، އާދަމް ސައީދު "ދަ ޕްރެސް" އަށް ވިދާޅުވިއެވެ.

ފުލުހުން ބުނީ، އުމުރުން އެއް އަހަރުގެ އެ ތުއްތު ކުއްޖާ ކޮޅުފުށީގެ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށާއި، އެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:38 ހާއިރު ކަމަށެވެ.

އެ ކުއްޖާ އަކީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކުއްޖެއް ކަމަށް، ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.